ހަޤީޤަތަކަށް ބަދަލުވި ކޮންސްޕިރަސީ ތިއަރީ: ޖިއޯއިންޖިނިއަރިންގ މަނާކުރުމަށް އެމެރިކާގެ ހެލްތު މިނިސްޓްރީން މަސައްކަތް ފެށުން، ކްލައިމެޓް ޗޭންޖްގެ އޮޅުވާލުން

އަޅުގަނޑުމެންގެ ބޯމަތީގައި އަޑުމަޑު ހަނގުރާމައެއް ހިނގަމުން އެބަދެއެވެ. އަދި މިހާރު އެއީ ހަމައެކަނި ނަޒަރިއްޔާއެއް ނޫނެވެ. މިހާރު އެމެރިކާގެ 25 ސްޓޭޓަކުން އުޑުގެ ޖިއޯއިންޖިނިއަރިންގ މަނާކުރުމަށް ޤާނޫނު ހުށަހަޅައިފި އެވެ. އަޅުގަނޑުމެންގެ އުޑު ވެސް އާބާދީ މަދުކުރަން މަސައްކަތް ކުރާ ހަރަކާތުގެ އަހުލުވެރިން ހަތިޔާރަކަށް ބަދަލުކުރެވެމުންދަނީއެވެ.

ތިމާވެށީގެ ވަކާލާތުކުރާ، މިހާރުގެ އެމެރިކާގެ ޞިއްޙަތާ ބެހޭ ވަޒީރު ރޮބަރޓް އެފް. ކެނެޑީ ޖޫނިއަރ އެކްސްގައި ވިދާޅުވެފައިވަނީ “24 ސްޓޭޓަކުން އަޅުގަނޑުމެންގެ ރައްޔިތުންނާއި، އަޅުގަނޑުމެންގެ ފެނުގެ މަގުތަކާއި ބިންތަކުގައި ވިހަ ތަކެތި އަޅައިގެން އަޅުގަނޑުމެންގެ މޫސުން ޖިއޯއިންޖިނިއަރ ކުރުން މަނާކުރުމަށް މަސައްކަތް ކުރަމުން އެބަދެއެވެ. މިއީ ކޮންމެ އެމް.އޭ.އެޗް.އޭ. (އެމެރިކާގެ ރައްޔިތުންގެ އަލުން ސިއްހަތު ރަނގަޅުކުރާ ހަރަކާތުގެ އަހުލުވެރިން) ވެސް ތާއީދުކުރަންޖެހޭ ހަރަކާތެކެވެ. އެޗް.އެޗް.އެސް.އިން އޭގެ ދައުރު އަދާކުރާނެއެވެ.” [i]

ކެމްޓްރެއިލްސް: ހަޤީޤަތަކަށް ބަދަލުވި ކޮންސްޕިރަސީ ތިއަރީ

ކޮންސްޕިރަސީ ތިއަރީ އެބަހީ ސިއްރު ރޭވުމުގެ ނަޒަރިއްޔާ އެވެ. ދުނިޔަވީ ހަޤީޤަތާއި އިދިކޮޅު ޚިޔާލުގެ މީހުން ހަޤީޤަތް ހާމަ ކުރާ ފަރާތްކާއި ދެކޮޅަށް ކޮންސްޕިރަސީ ތިއަރީ  މި ލަފްޒުތަށް ބޭނުން ކުރަނީ އަނެކާ އަކީ ޙަޤީޤަތާ ޚިލާފު ވިސްނުންތައް ފަތުރާ ކަމުގައި މާނަ ކޮށެެވެ. ކޮންސްޕިރަސީ ތިއަރީއަކީ ވަކި ބަޔަކު ސިއްރުން ރާވައިގެން ހިންގާ ކަމެއްގެ ސަބަބުން ވަކި ކަމެއް ހިނގާ ކަމަށް ބަޔާންކުރާ ވިސްނުމެއް ނުވަތަ ނަޒަރިއްޔާއެކެވެ.

ކުރީގައި މަލާމާތްކުރެވުނު “ކެމްޓްރެއިލްސް” މިހާރު ސައިންޓިފިކް އަދި ސިޔާސަތު އެކުލަވާލާ ދާއިރާތަކުގައި ޤަބޫލުކުރެވެމުން ދަނީއެވެ. ކުރީގެ ވޯލް ސްޓްރީޓް އެގްޒެކެޓިވްއެއް ކަމުގައިވާ، މިހާރު ޞިއްޙަތުގެ މިނިވަންކަމަށް މަސައްކަތްކުރާ އެކްޓިވިސްޓް ލެސްލީ މަނޫކިއަން ބުނާ ގޮތުގައި: “އިރު މަޑުކުރުމަށް ޖިއޯއިންޖިނިއަރިންގ ބޭނުންކުރުމަކީ މަޢުލޫމާތު ދީގެން ރުހުން ހޯދުމުގެ އުސޫލާ އެންމެ ބޮޑަށް ޚިލާފުވެފައިވާ އެއް ކަމެވެ. އެމީހުން އަޅުގަނޑުމެންނަށް ދުރުވެ ނުތިބެވޭނެ ނިއުރޯޓޮކްސިންތައް ނުވަތަ ނާރު ވިހަކުރާ މާއްދާތަށް އުޑަށް ސްޕްރޭކުރަމުންދަނީއެވެ.”

މީގެ ތެރޭގައި އެލުމިނިއަމް، ބޭރިއަމް، އަދި އެހެނިހެން ވިހަ ބަރު މަޢުދަންތައް ހިމެނެއެވެ. މިތަކެތި ޖިއޯއިންޖިނިއަރިންގ ގެ އަހުލުވެރިން ފަތުރަނީ މަތިންދާބޯޓުތަކުން ސްޓްރެޓޮސްފެރިކް އެއެރޮސޯލް އިންޖެކްޝަން (އެސްއޭއައި) ނުވަތަ ކްލައުޑް ސީޑިންގ ގެ ނަމުގައި މަޝްހޫރު ޕްރޮސެސްއެއްގެ ތެރެއިންނެވެ. އެމީހުން ދަޢުވާ ކުރާ މަޤްޞަދަކީ ކޮބައިތޯ؟ ދުނިޔޭގައި ފުރާނަ ދެމެހެއްޓުމަށް މުހިންމު ބާރެއްކަމުގައިވާ އިރުގެ ހޫނު މަޑުކުރުމެވެ. މިއީ ދުނިޔޭގެ ފިނިހޫނުމިން ބެލެހެއްޓުމަށް، ކްލައިމެޓް ޗޭންޖަށް ކުރާ މަސައްކަތެކެވެ. މި އަނިޔާވެރި ޤުދުރަތާއި ދެކޮޅު ހަރަކާތަށް ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި މިއީ ޤުދުރަތީ ޤާނޫނާއި، ހަށިގަނޑުގެ މިނިވަންކަމާއި، ތިމާވެށީގެ ސަލާމަތްތެރިކަމުގެ އަސާސްތަކާ ޚިލާފު ކަމެކެވެ.

ޖިއޯއިންޖިނިއަރިންގ: ކްލައިމެޓް ޗޭންޖަކީ މިއަށް ފަންޑު ކުރަން އުފައްދައިގެން އުޅޭ ދޮގެއް

ޖިއޯއިންޖިނިއަރިންގއަކީ ހަޤީޤީ އެއްޗެކެވެ. އދ. ގެ ކުރިމަތީގައި މިކަމާ ގުޅޭ ހެކިބަސް ދެވިފައިވެއެވެ. ބިލް ގޭޓްސް ފަދަ މީހުންނާއި ސަރުކާރުގައި ތިބޭ އޭނާގެ ފިކުރުގެ މީހުން ޖިއޯއިންޖިނިއަރިންގ އަށް ފައިސާ ފޯރުކުރެއެވެ. ގޭޓްސް އަކީ ދުނިޔޭގެ އާބާދީ މާގިނަވެގެން އުޅޭ މީހެކެވެ. އދ. ގެ ކޮމިޓީތަކުން “މޫސުމަށް އަސަރުކުރުވާ ޓެކްނޮލޮޖީތަކާ” ގުޅޭ މަޝްވަރާތައް އެބަ ބާއްވައެވެ. މިއީ މިހާރު ހަމައެކަނި އާދަޔާ ޚިލާފު ސައިންސެއް ނޫނެވެ. މިއީ ބާރުގަދަ ނުފޫޒު ހުރި ދުނިޔޭގެ ބާރުވެރި ސަރުކާރުތަކާއި އާބާދީ މަދުކުރަން މަސައްކަތް ކުރާ ބާރުގެ ސިޔާސަތު ޖަމަޢަކުރާ ނިޒާމެކެވެ. ކޮންމެ ގައުމެއްގައި މިހާރު ކްލައިމެޓް ޗޭންޖް މިނިސްޓްރީއެއް ހުންނަން ޖެހެއެވެ. މިއީ އެސަބަބަށްޓަކައެވެ. ޖިއޯއިންޖިނިއަރިންގއަކީ ދުނިޔޭގެ މޫސުމަށް އަދި ތިމާވެށްޓަށް އަންނަ ބަދަލުތައް ކޮންޓްރޯލްކުރުމަށް ނުވަތަ ބަދަލުކުރުމަށް ގަސްތުގައި ކުރެވޭ މަސައްކަތްތަކެވެ. މީގެ މައިގަނޑު މަޤްޞަދަކީ ގްލޯބަލް ވޯމިންގގެ އަސަރުތައް ކުޑަކުރުން ކަމުގައި ބުނެއެވެ. މި ދާއިރާގެ މުހިންމު ބައިތަކުގެ ތެރޭގައި: ސޯލާ ރޭޑިއޭޝަން މެނޭޖްމަންޓް: މިއީ ބިމަށް އަންނަ އިރުގެ ހޫނުމިން މަދުކުރުމަށް ކުރެވޭ މަސައްކަތްތަކެވެ. އުޑަށް ހެވީ މެޓަލް ރިފްލެކްޓިވް ޕާޓިކަލްސް ދޫކުރެއެވެ. ކާބަން ޑައިއޮކްސައިޑް މަދުކުރުން: ޖައްވުން ކާބަން ޑައިއޮކްސައިޑް ނެގުމަށް ކުރެވޭ މަސައްކަތްތައް. ވެދަރ މޮޑިފިކޭޝަން: މޫސުމަށް ސީދާ އަސަރުކުރުމަށް ކުރެވޭ މަސައްކަތްތައް. މިސާލަކަށް ވިއްސާރަ ކުރުވުމަށް ކްލައުޑް ސީޑިންގ ކުރިއަށް ގެންދެއެވެ.

އަބަދުވެސް މޫސުމަށް ބަދަލު އާދެއެވެ.

ދުނިޔެ އުފެދުނީއްސުރެ ކްލައިމެޓް އަބަދުވެސް ޗޭންޖުވެ އެވެ. މޫސުމަށް އަބަދު ވެސް ބަދަލު އާދެއެވެ. މިއީ އާކަމެއް ނޫނެވެ. އެހެނަސް، މި ދިމާވެގެން މި އުޅެނީ އެހެން ކަމެކެވެ. މޫސުމަށް އަންނަ ބަދަލުގެ ހަޤީޤަތުގެ ފަހަތުގައި ފޮރުވިގެން ތިބެ ޤުދުރަތީ ގޮތުން ތިމާއަށް ގޮތް ނޭނގޭ ތަހުލީލީ ހަރަކާތްތައް އުޑަށް ވެއްޓަށް ކުރިއަށް ގެންދިއުމެވެ. އެއަށް ރައްޔިޔުން އަތުން ފޭރިގަނެފައިވާ ޓެކްސް ފައިސާ ޖަމާ ކުރުމެވެ. ހުޅަނގުގެ ޔަހޫދީ ބާރުތަކުގެ ނުފޫޒުގައި ހިންގާ ލާއިންސާނީ، ލާދީނީ، ޤުދުރަތީ ޤާނޫނުތަކާއި ދެކޮޅު ހަރަކާތްތަކެވެ.

މި މީހުން އުޑަށް ސްޕްރޭކުރަނީ ކޯއްޗެއް؟ އެތައް ވިހަ މާއްދާއެއް

ދިރާސާވެރިންނާއި ސިއްރުން މަޢުލޫމާތު ހާމަކުރާ ފަރާތްތަކުން ބުނާ ގޮތުގައި ކްލައުޑް ސީޑިންގ އަދި އެސްއޭއައި ގައި 49 އަށްވުރެ ގިނަ ކެމިކަލް ކޮމްޕައުންޑްތައް ހިމެނެއެވެ. މީގެ ތެރޭގައި ހިމެނެނީ:

•  އެލުމިނިއަމް އޮކްސައިޑް
•  ކެޑްމިއަމް
•  ލެޑް
•  މަރކިއުރީ
•  ގްރަފީން އޮކްސައިޑް
•  ޔޫރޭނިއަމް

މި ތަކެއްޗަކީ ނާރުތައް ވިހަކުރާ އެއްޗެއްސެވެ. ކެންސަރު ޖައްސުވާ އެއްޗެއް ސެވެ. އިންސާނުން އެކި ބަލިތައް ޖައްސާ އެއްޗެއް ސެވެ. އެންޑޮކްރައިން ޑިސްރަޕްޓަރސް ކަމަށް އެނގިފައިވާ ތަކެއްޗެވެ.

އޭގެ ތެރެއިން އެލުމިނިއަމްއަކީ އެންމެ ކަންބޮޑުވާންޖެހޭ އެކައްޗެވެ. ދިރާސާތަކުން ދައްކާ ގޮތުގައި:

•  އޭގެ އެއްވެސް ބަޔޮލޮޖިކަލް ފަންކްޝަނެއް ނެތެވެ.
•  އެއީ ވަރަށް ބާރުގަދަ ނިއުރޯޓޮކްސިނެކެވެ.
•  އެއީ އޯޓިޒަމް، އަލްޒައިމާސް، އަދި އެހެނިހެން ނިއުރޯޑީޖެނެރޭޓިވް ބަލިތަކާ ގުޅިފައިވާ އެއްޗެކެވެ.

އޯޓިޒަމް ސްޕެކްޓްރަމް ޑިސްއޯޑަރ ހުންނަ މީހުންގެ ސިކުނޑީގެ ޓިޝޫގައި އެލުމިނިއަމްގެ މިންވަރު އަބަދުވެސް މަތިވެފައި ހުންނަކަން ފެނިފައިވެއެވެ. އަދި މިހާރު (އެމެރިކާގައި) ކޮންމެ 36 ކުއްޖަކުން އެއް ކުއްޖަކަށް އޯޓިޒަމް ޖެހެއެވެ. އެލުމިނިއަމްގެ ދަށް މިންވަރަށް ވެސް ހާސާވުމުން ސިކުނޑި ދުވަސްވުމާއި ނިއުރޯޑީޖެނެރޭޝަނާ ގުޅުންހުރި ބަދަލުތައް އަންނަ ކަމަށް ފެނެއެވެ.

ޑރ. ވިލީ ސޫން: “ކާބަން ޑައިއޮކްސައިޑަކީ ދިރުމުގެ ގޭހެވެ.

ބިމާއި ޖައްވުގެ ދިރާސާކުރާ އިލްމުވެރިޔާ (ޖިއޯސައިންޓިސްޓް/އެސްޓްރޯފިޒިސިސްޓް) ޑރ. ވިލީ ސޫން ވިދާޅުވި ގޮތުގައި: “ކާބަން ޑައިއޮކްސައިޑަކީ ދިރުމުގެ ގޭހެކެވެ.” “ބައެއް މީހުން ބޭނުންވަނީ ކާބަން ޑައިއޮކްސައިޑަކީ ވަރަށް ނުބައި އެއްޗެއްގެ ގޮތުގައި ދައްކާށެވެ. އެމީހުން ބުނާ ގޮތުގައި މި ގޭހުގެ ސަބަބުން ދުނިޔެ ހޫނުވެ، ވައި ގަދަވެ، ގިނައިން ވާރޭވެހި، އަދި ހަނަފަސްކަން އިތުރުވެ، މިނޫންވެސް ގިނަ ނުބައި ކަންތައްތަކެއް ވެދާނެ ކަމަށެވެ.” އަޅުގަނޑު ވާނީ މި ހުރިހާ ވާހަކަތަކެއް ދޮގުކަން ސާބިތުކޮށްދޭ ސައިންސްގެ ލިޔުންތައް ނެރެފައެވެ.” އޭނާ ވިދާޅުވިއެވެ. [1]

ޑރ. ސޫންގެ މަސައްކަތްތަކުން އިންސާނުން އުފައްދާ ކްލައިމެޓް ޗޭކްޖްގެ ވާހަކަތަކަށް ގޮންޖަހާފައިވެއެވެ. ކާބަން ޑައިއޮކްސައިޑްގެ ބިރުވެރިކަން ސިޔާސަތުތަކަށް ނުފޫޒު ފޯރުވުމަށާއި، އާބާދީ ކޮންޓްރޯލްކުރުމަށާއި، ތިމާވެށި އިންޖިނިއަރކުރުމުގެ އެޖެންޑާތަކަށް ބޭނުންކުރާކަމަށް އޭނާ ބުނެއެވެ. އޭނާގެ ދިރާސާތަކުން ކާބަން ޑައިއޮކްސައިޑަކީ ގެއްލުންހުރި އެއްޗެއްކަމަށް ބުނާ ވާހަކަތައް ދޮގުކޮށް، އޭގެ ބަދަލުގައި އެއީ ގަސްގަހާގެއްސަށާއި، ދަނޑުވެރިކަމަށާއި، އިކޮލޮޖިކަލް ބެލެންސަށް ކޮންމެހެން ބޭނުން އެއްޗެއްކަން ދައްކުވައިދެއެވެ.

ނޫސްވެރިޔާ އެލެކްސް ނިއުމަން ‘އިންސާނުން އުފައްދާ މޫސުމީ ބަދަލު’ ގެ މަކަރާ ބެހޭގޮތުން ވިދާޅުވިއެވެ. “ކާބަން ޑައިއޮކްސައިޑަކީ ތަޣައްޔަރުކުރާ އެއްޗެކޭ ބުނުމަކީ މުޅިން ހަޤީޤަތާ ޚިލާފު ވާހަކައެކެވެ. [އެއީ] ދުނިޔެ ހަލާކުކޮށްލާނެ ނުވަތަ ދުނިޔޭގެ ފިނިހޫނުމިނަށް ބަދަލު ގެނުވާނެ އެއްޗެކޭ ބުނުމަކީ މުޅިން މޮޔަ ވާހަކައެކެވެ. ނަމަވެސް، އަނިޔާވެރި ސަރުކާރުތަކުގެ ނަޒަރަކުން ބަލާއިރު، ކާބަން ޑައިއޮކްސައިޑަކީ ތަޣައްޔަރުކުރާ އެއްޗެކޭ ބުނެ މީހުން ޤަބޫލުކުރުވައިފިނަމަ، ދިރިހުރުމާއި މަރުވުމާއި ބައްތި ދިއްލުން ފަދަ ކޮންމެ ކަމަކުންވެސް ކާބަން ޑައިއޮކްސައިޑް އުފެދެއެވެ. ކާބަން ޑައިއޮކްސައިޑަކީ ތަޣައްޔަރުކުރާ އެއްޗެކޭ ބުނާ ޚިޔާލަށް އަޅުގަނޑުމެން ބޯލަނބައިފިނަމަ، ތިބާގެ ދިރިއުޅުމުގެ ކޮންމެ ކަމެއްވެސް، ތަޣައްޔަރުވުމުން އަޅުގަނޑުމެން ސަލާމަތްކުރާ ކަމަށް ބުނާ މީހުންގެ ބާރުގެ ދަށަށް ވަދެގެން ދާނެއެވެ.” [2]

ޑރ. ޕެޓްރިކް މޫރ: “ކްލައިމެޓް ޗޭންޖް” އަކީ މަކަރުން އުފައްދާފައިވާ އެއްޗެއް


ގްރީންޕީސްގެ ބާނީންގެ ތެރެއިން މީހެއް އަދި ތިމާވެށީގެ ދިފާޢުގައި މަސައްކަތް ކުރާ ސައިންޓިސްޓެއް ކަމުގައިވާ ޑރ. ޕެޓްރިކް މޫރގެ ވިދާޅުވެފައިވަނީ “ކްލައިމެޓް ޗޭންޖަކީ އަކީ އެންމެ ފުރަތަމައިނުންސުރެ އޮލުވާލުމާއެކު އުފައްދާފައިވާ އެއްޗެކެވެ.” “ދުނިޔެ އުފެދުނީއްސުރެ މޫސުމަށް ބަދަލު އަންނަމުން އައިސްފައިވެއެވެ. އަދި އެ ބަދަލުތައް ދެމިގެންދެއެވެ.” “މިއަދުގެ ދުނިޔޭގެ މޫސުމުގައި ހިނގަމުންދާ އެއްވެސް ކަމަކީ އާދަޔާ ޚިލާފު ކަމެއް ނޫނެވެ. މިއީ މޫސުމާއި މޫސުމީ ޙާލަތުގެ ގޮތުން ނިސްބަތުން ރަނގަޅު ދުވަސްވަރެކެވެ.” [3]

އުޑު ހަތިޔާރުވެރިކުރުމަށް ސަރުކާރުތަކަށް އިޒުނަ ދިނީ މާތް ﷲ ހެއްޔެވެ؟

މޫސުން ކޮންޓްރޯލް ކުރުމަށް ކަމުގައި ބުނެ އުޑު ހަތިޔާރުވެރިކުރަން މާތް ﷲ އިޒުނަ ދެއްވީ ހެއްޔެވެ؟ ﷲ ތަޢާލާ ވަޙީ ކުރެއްވި އެވެ. ظَهَرَ الْفَسَادُ فِي الْبَرِّ وَالْبَحْرِ بِمَا كَسَبَتْ أَيْدِي النَّاسِ لِيُذِيقَهُم بَعْضَ الَّذِي عَمِلُوا لَعَلَّهُمْ يَرْجِعُونَ “މީސްތަކުންގެ އަތްތަކުން ހޯދައިގަތް ކަންތަކުގެ ސަބަބުން، އެއްގަމާއި ކަނޑުގައި ނުބައިކަން ފާޅުވެއްޖެއެވެ. އެއުރެން ކުރި ބައެއް ޢަމަލުގެ ރަހަ އެއުރެންނަށް ދެއްކެވުމަށެވެ. (އެއީ) އެއުރެން (ތައުބާވެ) ރުޖޫޢަ ވުމަށްޓަކައެވެ.”

•  އެކަން ކުރަން ރުހުން ދިނީ ކާކު؟
•  ތިމާވެށި ވިހަކުރުމުގެ ޒިންމާ ނަގާނީ ކާކު؟ އިންސާނުން ވިހަ ކުރަން އިޒުނަދިނީ ކާކު؟
•  ހުރިހާ ދިރުމަކަށް ބޭނުންވާ އިރު މަޑުކުރަނީ ކީއްވެ؟ ﷲ ޚަލްޤު ކުރައްވާފައިވާ ގޮތް އުނިވީތޯ؟

ހަޤީޤަތުގައި މޫސުމަށް އަންނަ ބަދަލޭ ބުނެ އިންސާނުންގެ މައްޗަށް މިހިންގާ ޖަރީމާއަކީ އިންސާނުން ﷲ އަށް ކާފަރުވުމުގެ ސަބަބުން އެބައިމީހުންގެ މައްޗަށް ކާފަރުވި ބައިގަނޑުގެ ފަރާތުން ފޮނުއްވި ކޯފާއެކެވެ. އެ ކޯފާގައި މިއަދު މުސްލިމުންވެސް މިވަނީ ބައިވެރިވެފައެވެ. އެބައިމީހުންނަށް ވެސް ވަނީ އޭގެ ރަހަ ފެނިފައެވެ. އަދިވެސް ތަޢުބާވެ ހުޅަނގުގެ ފަރަންޖީ ފިކުރުތަކުން ދުރުވާން ނުވެ އެވެ. ﷲ އަށް ތައުބާވުމުގެ ބަދަލުގައި، މީސްތަކުން މަޝްޣޫލުވެގެން މިތިބީ ދިރުމުގެ ގޭހެއްކަމުގައިވާ ކާބަން ޑައިއޮކްސައިޑް ކުށްވެރިކުރުމުގައެވެ. އަދި އެއާއެކު، ލިވާޠަކުރުމާއި، ފެމިނިޒަމާއި، ﷲ ގެ ވުޖޫދު ދެކޮޅުހެދުމާއި، އަދި ﷲ ގެ ޝަރީޢަތާ ދެކޮޅަށް އުރެދުން ކުރިއެރުވުމުގައެވެ.

ﷲ ތަޢާލާ ވަޙީ ކުރެއްވި އެވެ. قُلْ أَرَأَيْتُمْ إِنْ أَصْبَحَ مَاؤُكُمْ غَوْرًا فَمَن يَأْتِيكُم بِمَاءٍ مَّعِينٍ “ކަލޭގެފާނު ވިދާޅުވާށެވެ! ތިޔަބައިމީހުން ނިކަން ޚަބަރު ދީބަލާށެވެ! ތިޔަބައިމީހުންގެ (ބޭނުންކުރާ) ފެން އަޑިޔަށް ހިނދިއްޖެނަމަ، ހިނގަހިނގާ ހުންނަ ފެނެއް ތިޔަބައިމީހުންނަށް ގެނެސްދޭހުށީ ފަހެ ކާކުހެއްޔެވެ؟”

މި އާޔަތުން ދައްކުވައިދެނީ ފެން ފަދަ ޤުދުރަތީ ވަސީލަތްތަކަށް އަޅުގަނޑުމެން ﷲ އަށް ފުރިހަމައަށް ބަރޯސާވާންޖެހޭ މިންވަރެވެ. މި އާޔަތުން ރައްދު ދެއްވަނީ، ވިއްސާރަ ކުރުވުމަށް ވައިގަނޑަށް ކެމިކަލް ޖެހުން ނުވަތަ ޖައްވަށް ސްޕްރޭ ކުރުން ފަދަ އިންސާނުން އުފައްދާފައިވާ ވަސީލަތްތަކުން ﷲ ގެ ރިޒުޤު ކޮންޓްރޯލް ކުރެވިދާނެ ނުވަތަ ބަދަލުކުރެވިދާނެ ކަމަށް ދެކޭ ބަޔެއްގެ ބޮޑާކަމަށެވެ.

ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ. وَالسَّمَاءَ رَفَعَهَا وَوَضَعَ الْمِيزَانَ ۝ أَلَّا تَطْغَوْا فِي الْمِيزَانِ ۝ وَأَقِيمُوا الْوَزْنَ بِالْقِسْطِ وَلَا تُخْسِرُوا الْمِيزَانَ ” އަދި އެކަލާނގެ އުޑު އުފުއްލެވިއެވެ. އަދި ޢަދުލު އިންޞާފު ލެއްވިއެވެ. މިނެކިރުމުގައި ތިޔަބައިމީހުން އަނިޔާވެރި ނުވުމަށްޓަކައެވެ. ޢަދުލު އިންޞާފުގެ މަތިން ތިޔަބައިމީހުން މިނެކިރުން ހަމަކުރާށެވެ! އަދި މިނެކިރުމުގައި ތިޔަބައިމީހުން ގެއްލުން ނުކުރާށެވެ!”

މާތް ﷲ އުޑުގައި ލައްވަވާފައިވާ ޤުދުރަތީ ޢަދުލުގެ ނިޒާމާ ކުޅެން ނުވާނެއެވެ. އެއީ ޢަދުލު އިންސާފުގައި ވިޔަސް، ތިމާވެށީގައި ވިޔަސް، ނުވަތަ ކައުނުގައި ޤުދުތަރީ ގޮތުން ލައްވާފައިވާ ކަންކަމުގައި ވިޔަސްމެއެވެ. އިރުގެ އަލިކަން ނުވަތަ ވާރޭވެހުން ބަދަލުކުރުމަށް ކުރެވޭ ޖިއޯއިންޖިނިއަރިންގ އަކީ މި އިލާހީ ޢަދުލަށް އަރައިގަތުމެކެވެ. އަޅުގަނޑުމެން އަބަދުވެސް ﷲ ގެ ޤުދުރަތީ ނިޒާމަށް އިޙްތިރާމްކޮށް، އެ ނިޒާމު ރައްކާތެރިކުރުމަށް މަސައްކަތްކުރަންވާނެއެވެ. އަދި ﷲ ގެ ޚަލްޤުކުރެއްވުމުގެ ޙިކުމަތްތެރިކަމާމެދު ވިސްނައި، އެކަލާނގެއަށް ޝުކުރުވެރިވާންވާނެއެވެ.

ﷲ ތަޢާލާ ވަޙީ ކުރެއްވި އެވެ. اللَّهُ الَّذِي يُرْسِلُ الرِّيَاحَ فَتُثِيرُ سَحَابًا فَيَبْسُطُهُ فِي السَّمَاءِ كَيْفَ يَشَاءُ وَيَجْعَلُهُ كِسَفًا فَتَرَى الْوَدْقَ يَخْرُجُ مِنْ خِلَالِهِ ۖ فَإِذَا أَصَابَ بِهِ مَن يَشَاءُ مِنْ عِبَادِهِ إِذَا هُمْ يَسْتَبْشِرُونَ ” ﷲއީ، ވައިރޯޅިތައް ފޮނުއްވައި، އަދި އެ ވައިރޯޅިތައް ވިލާތައް އުފުލައި، އަދި އެކަލާނގެ އިރާދަކުރައްވާ ފަދައަކުން އުޑުގައި އެ ވިލާތައް ފަތުރުއްވައި، އަދި އެ ވިލާތައް ވަކިވަކިވެގެންދާ އެތިކޮޅުތަކެއް ކަމުގައި ލައްވާ ރަސްކަލާނގެއެވެ. ފަހެ، އެ ވިލާތަކުގެ ތެރެއިން ކެރި ނުކުންނާތީ ތިބާޔަށް ފެންނާނެތެވެ. ފަހެ، އެކަލާނގެ އަޅުތަކުންގެ ތެރެއިން އެކަލާނގެ އިރާދަކުރައްވާ ބަޔަކަށް އޭގެ ނިޢުމަތް ދެއްވައިފިނަމަ، އެހިނދު ކުއްލިޔަކަށް އެއުރެން އުފާ ޙާޞިލު ކޮށްގަނެތެވެ.”

ވިލާތައް އުފައްދައި ވާރޭ ވެއްސެވުމަކީ ﷲ ގެ ފިޢުލުފުޅުތަކުގެ ތެރެއިން ކަންކަމެވެ. މަތިންދާބޯޓުތަކަށް ނުވަތަ އިންސާނުން އުފައްދާފައިވާ އެރޮސޯލްތަކުން ޤުދުރަތީ ނިޒާމާއި ކުޅުމުގެ ބޭނުމަކީ ކޮބާ ހެއްޔެވެ؟ ﷲ ގެ ނިޢުމަތްތައް ނުފުދެނީ ހެއްޔެވެ؟ ﷲ ކަން ކުރައްވާ ގޮތް ގޯސްވަނީ ހެއްޔެވެ؟

ﷲ ވަޙީ ކުރެއްވި އެވެ. وَالْأَرْضَ مَدَدْنَاهَا وَأَلْقَيْنَا فِيهَا رَوَاسِيَ وَأَنبَتْنَا فِيهَا مِن كُلِّ شَيْءٍ مَّوْزُونٍ. وَجَعَلْنَا لَكُمْ فِيهَا مَعَايِشَ وَمَن لَّسْتُمْ لَهُ بِرَازِقِينَ. وَإِن مِّن شَيْءٍ إِلَّا عِندَنَا خَزَائِنُهُ وَمَا نُنَزِّلُهُ إِلَّا بِقَدَرٍ مَّعْلُومٍ.  وَأَرْسَلْنَا الرِّيَاحَ لَوَاقِحَ فَأَنزَلْنَا مِنَ السَّمَاءِ مَاءً فَأَسْقَيْنَاكُمُوهُ وَمَا أَنتُمْ لَهُ بِخَازِنِينَ. وَإِنَّا لَنَحْنُ نُحْيِي وَنُمِيتُ وَنَحْنُ الْوَارِثُونَ. އަދި ތިމަންރަސްކަލާނގެ ބިން ފެތުރުއްވީމެވެ. އަދި ހަރުލައި ހުންނަ ފަރުބަދަތައް، އެ ބިމުގައި ލެއްވީމެވެ. އަދި މިންވަރު ކަނޑައެޅި އެނގިގެންވާ ކޮންމެ އެއްޗެއް، އެ ބިމުން ތިމަންރަސްކަލާނގެ ފެޅުއްވީމެވެ. އަދި ތިޔަބައިމީހުންނަށްޓަކައްޔާއި، އެ ތަކެއްޗަށް ތިޔަބައިމީހުން ރިޒްޤު ދޭ ކަމުގައި ނުވާ ތަކެއްޗަށްޓަކައި، ދިރިއުޅުމުގެ ވަސީލަތްތައް ތިމަންރަސްކަލާނގެ އެ ބިމުގައި ލެއްވީމެވެ. އެ އެއްޗެއްގެ ޚަޒާނާތައް ތިމަންރަސްކަލާނގެ ޙަޟްރަތުގައި ނުވާ އެއްވެސް އެއްޗެއް ނުވެއެވެ. އަދި ކަނޑައެޅި އެނގިގެންވާ މިންވަރަކަށް މެނުވީ، ތިމަންރަސްކަލާނގެ އެ އެއްޗެއް ބާވައެއް ނުލައްވަމެވެ. ތިމަންރަސްކަލާނގެ ވައިރޯޅިތައް ފޮނުއްވީމެވެ. (ވިލާތަކާއި ގަސްގަހާގެހި) ތަލްޤީޙް ކުރާ (އެބަހީ: ދަރިމައިކުރާ) އެއްޗެއްގެ ގޮތުގައެވެ. އަދި ތިމަންރަސްކަލާނގެ އުޑުން ވާރޭވެއްސެވީމެވެ. ފަހެ، ތިމަންރަސްކަލާނގެ ތިޔަބައިމީހުންނަށް އެ ފެން ބޯންދެއްވީމެވެ. އަދި އެ ފެން ރައްކާކޮށް ޚަޒާނާ ކުރެވޭނެ ބަޔަކު ކަމުގައި ތިޔަބައިމީހުން ނުވެތެވެ. އަދި ހަމަކަށަވަރުން، ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް ތިމަންރަސްކަލާނގެއެވެ. އަދި ދެމިހުންނަނިވި ވާރުތަވެރިޔަކީވެސް ތިމަންރަސްކަލާނގެއެވެ. (އެބަހީ: އެންމެހާ ތަކެތި ފަނާވެދިއުމަށްފަހުވެސް ދިރިދެމިވޮޑިގެންވަނީ ތިމަންރަސްކަލާނގެއެވެ.)”

ހަޤީޤަތުގައި ކްލައިމެޓް ޗޭންޖެ އޭ ބުނެ އެމީހުން ކުރަނީ މޫސުމު ރައްކާތެރިކުރުމެއް ނޫނެވެ. އެއީ ތިމާވެށީގެ ހަނގުރާމައެކެވެ. އެއީ ޞިއްޙަތުގެ ހަނގުރާމައެކެވެ. އެއީ އާބާދީ މަދުކުރުމުގެ ހަރަކާތެކެވެ. އެއީ އިންސާނުން މަރައި ހުސްކޮށް ބަލި ކުރުމުގެ ހަރަކާތެކެވެ. ﷲ ގެ ޚަލްޤު ކުރެއްވުމަށް ކުރެވޭ ދެކޮޅުވެރިވުމެކެވެ. މިއީ އޭގެ އަޞްލުގައި ޔަހޫދީ ނަޞްރާނީ އިލާހަކު ޤަބޫލު ނުކުރާ މުލްހިދުންގެ ހަރަކާތެކެވެ. މާތް ﷲ އަޅަމެން މި ފިތުނަތަކުން ރައްކައުތެރި ކުރައްވާށި އެވެ.

މޫސުމަށް ބަދަލު ގެނައުމުގައި އިންސާނުންގެ ޢަމަލުތަކުން ކޮންމެ ވެސް ވަރެެއްގެ ބަދަލެއް އައުމަކީ އޭގައި ކޮންމެވެސް ވަރެއްގެ ހަޤީޤަތެއް ވާކަމެކެވެ. މައިގަނޑު ގޮތެއްގައި މޫސުމަށް ބަަދަލު އަންނަނީ ﷲ ލައްވާވައިފާ އިރުގެ ދައުރު ކުރުމާއި ގުޅިފައެވެ. އިރު ދައުރު ކުރާ ހިސާބަކާއި ގާތް މިނަކާއި މޫސުމާއި ގުޅެއެވެ. ހޫނު މިނާއި ފިންޏާއި ގުޅެ އެވެ. އެހެނަސް، އިންސާނުން ކުރާ ކަންކަމުގެ އެބައިމީހުންގެ ފާފަތަކުގެ ސަބަބުން މޫސުމީ ބަދަލުތައް ﷲ ގެންނަވައެވެ. ބިންހެލުން އައުން، ފަރުބަދަތައް ފަޅައިގެން ދިއުން، ސުނާމީ އައުމާއި އެފަދަ ކަންކަމެވެ.

ހަނގުރާމަތަކާއި، ކޮންސްޕިރަސީ ރޭވުންތަކާއި، ބަލިމަޑުކަމާއި އަދި ވެކްސިންތައް މެދުވެރިކޮށް އާބާދީ ކޮންޓްރޯލް ކުރުމާ ބެހޭގޮތުން: ޝައިޚް ޢަލީ އަލް-ޙުދައިފީ

ޝެއިޚް އާއި ސުވާލު ކުރެވުނެވެ.

ފުރަތަމަ ސުވާލު: ދުނިޔޭގައި މީހުން ގިނަވެ، އެހެންކަމުން މި ޢަދަދަށް މީހުން ދިރިއުޅޭނެ ޖާގައާއި، ކާނާއާއި އަދި ވަސީލަތްތައް ނެތްކަމަށް ބުނާ މީހުންނާ މެދު އިސްލާމްދީނުގެ ނަޒަރަކީ ކޮބައިތޯ؟ އަދި އޭގެ ތެރެއިން ބައެއް މީހުން ބިން ސަލާމަތްކުރުމަށްޓަކައި ދުނިޔޭގައި ދިރިއުޅޭ މީހުންގެ ޢަދަދު މަދުކުރަން ޖެހޭކަމަށް ބާރުއަޅައެވެ.

ދެވަނަ ސުވާލު: ޖަނަވާރު ގެންގުޅުމާއި އަދި ޖަނަވާރު ކެއުމަކީ ތިމާވެށްޓަށް ގެއްލުންހުރި އަދި ބިމާއި އެތަނުގެ ވަސީލަތްތައް ހަލާކުވުމަށް މަގުފަހިވާ ކަމެއްކަމަށް ދަލީލުކޮށްދޭ އެއްވެސް ހެއްކެއް ޤުރުއާނާއި ސުންނަތުން ލިބެން އެބަ އޮތްތޯ؟

ތިންވަނަ ސުވާލު: މަސް ކެއުން އެއްކޮށް ދޫކޮށްލުމަކީ އިންސާނުންނަށް މާ ރަނގަޅު ކަމެއްކަމަށް ދަލީލުކޮށްދޭ އެއްވެސް ހެއްކެއް ޤުރުއާނާއި ސުންނަތުން ލިބެން އެބަ އޮތްތޯ؟

ހަތަރުވަނަ ސުވާލު: ދުނިޔޭގައި ދިރިއުޅޭ މީހުން މާ ގިނަވެފައިވާ ކަމަށާއި، ބިމާއި އެތަނުގެ ވަސީލަތްތައް ހަލާކުވުން ހުއްޓުވުމަށްޓަކައި އާބާދީ މަދުކުރަންޖެހޭ ކަމަށް ބުނާ މީހުންގެ ބަހާ މެދު ކިޔާނީ ކީކޭތޯ؟

ޖަވާބުގައި ވިދާޅުވި އެވެ.:

ނުކުތާ 1: އަޅަކު ޤަބޫލުކުރަންޖެހޭނީ ރިޒުޤު ވަނީ ﷲގެ އަތްޕުޅުގައި ކަމެވެ. މިއީ ފިޠުރަތުންނާއި، ބުއްދިންނާއި އަދި މުޝާހަދާއިން އެނގޭ ކަމެކެވެ.

ޝައިޚް ވިދާޅުވި އާޔަތަކީ: وَمَا مِن دَآبَّةٍ فِى ٱلْأَرْضِ إِلَّا عَلَى ٱللَّهِ رِزْقُهَا وَيَعْلَمُ مُسْتَقَرَّهَا وَمُسْتَوْدَعَهَا كُلٌّ فِى كِتَٰبٍ مُّبِينٍ މާނައީ: “އަދި ބިމުގައި އުޅޭ އެއްވެސް ދިރޭ އެއްޗެއް ނުވެއެވެ. އެ އެއްޗެއްގެ ރިޒުޤު ﷲގެ ޒިންމާފުޅުގައި މެނުވީ. އަދި އެ އެއްޗެއް ދިރިއުޅޭ ތަނާއި، އެ އެއްޗެއް ރައްކާކުރެވޭ ތަން އެކަލާނގެ ދެނެވޮޑިގެންވެއެވެ. އެ ހުރިހާ ކަމެއްވެސް ވަނީ ބަޔާންވެގެންވާ ފޮތެއްގައެވެ.”

ﷲ ވަނީ އިންސާނުންނާއި، ޖިންނީންނާއި އަދި ހުރިހާ ބާވަތެއްގެ ޖަނަވާރުތަކުގެ ރިޒުޤު ގެރެންޓީކޮށްދެއްވާފައެވެ. މި އާޔަތުގައި ﷲ ވަނީ ކޮންމެ ދިރޭ އެއްޗަކަށްވެސް މިކަން އެކަލާނގެ އަމިއްލަފުޅަށް ވާޖިބުކުރައްވާފައެވެ.

ޝައިޚް ވިދާޅުވި އާޔަތަކީ: إِنَّ ٱللَّهَ هُوَ ٱلرَّزَّاقُ ذُو ٱلْقُوَّةِ ٱلْمَتِينُ މާނައީ: “ހަމަކަށަވަރުން، ﷲއީ ރިޒުޤު ދެއްވާ ފަރާތެވެ. ގަދަފަދަ ބާރުވެރި ފަރާތެވެ.”

އަދި ހަދީޘްފުގައިވެ އެވެ.: ” ތިމަން ރަސްކަލާނގެ ކާންދެއްވާފައިވާ މީހަކު މެނުވީ ތިޔަ އެންމެންނަކީވެސް ބަނޑުހައިވެފައިވާ ބައެކެވެ. ފަހެ، ތިޔަބައިމީހުން ތިމަން ރަސްކަލާނގެ ކިބައިން ކާނާ އެދޭށެވެ. ތިމަން ރަސްކަލާނގެ ތިޔަބައިމީހުންނަށް ކާންދެއްވާހުށީމެވެ. އޭ ތިމަން ރަސްކަލާނގެ އަޅުތަކުންނޭވެ! ތިޔަ އެންމެންނަކީވެސް ހެދުން ނެތް ބައެކެވެ. ތިމަން ރަސްކަލާނގެ ހެދުން ދެއްވާފައިވާ މީހަކު މެނުވީ އެވެ. ފަހެ، ތިޔަބައިމީހުން ތިމަން ރަސްކަލާނގެ ކިބައިން ހެދުން އެދޭށެވެ. ތިމަން ރަސްކަލާނގެ ތިޔަބައިމީހުންނަށް ހެދުން ދެއްވާހުށީމެވެ.”

އަދި އަނެއް ޙަދީޘްފުޅަކީ: “ހަމަކަށަވަރުން ރޫޙުލް ޤުދުސް (ޖިބްރީލްގެފާނު) ތިމަންކަލޭގެފާނުގެ ހިތްޕުޅަށް އިލްހާމް ކުރެއްވިއެވެ. ހަމަކަށަވަރުން އެއްވެސް ނަފްސެއް (އެ ނަފްސަކަށް ކަނޑައެޅިފައިވާ މުއްދަތު ހަމަވެ) އަދި އެ ނަފްސަކަށް ކަނޑައެޅިފައިވާ ރިޒުޤު ފުރިހަމައަށް ލިބުމުގެ ކުރިން ނުމަރުވާނެއެވެ.”


ނުކުތާ 2: މިކަމުގައި ޤައުމުތަކުގެ އިޖްމާޢުވެސް ވެއެވެ. ފުދޭވަރަށް ރިޒުޤު ނެތްކަމަކަށް އެއްވެސް މީހަކު އިންކާރެއް ނުކުރެއެވެ.

މިޒަމާނުގެ ކާފިރުން، އާބާދީ މާ ބޮޑުވެފައިވާ ކަމަށް ބުނާ ބުނުމަކީ ކުރީގެ ކާފިރުންނަށްވުރެ ނުބައި ބުނުމެކެވެ. މިއީ އެއަށްވުރެ ނުބައި ޢަޤީދާއެކެވެ. މިއަދުގެ މި ކާފިރުންނަކީ މިފަދަ ކަންކަމާމެދު ޖަދަލުކޮށްފައި ނުވާ ކުރީގެ ކާފިރުންނަށްވުރެ ނުބައި ބައެކެވެ.

މި އާޔަތްތަކާއި، ޙަދީޘްތަކާއި، ޤައުމުތަކުގެ އިޖްމާޢުއާއި، ފިޠުރަތާއި، ރަނގަޅު ވިސްނުމާއި އަދި ޙަޤީޤަތް އަމިއްލައަށްވެސް ދައްކައިދެނީ ބިމުގައި އުޅޭ އެންމެންނަށް ފުދޭވަރަށް ރިޒުޤު ހުރިކަމެވެ.

ނުކުތާ 3: ރިޒުޤު މަދުވަނީ މީސްތަކުންގެ އަނިޔާވެރިކަމުގެ ސަބަބުންނެވެ. ބިމުގައި ވަސީލަތްތައް މަދުވެގެނެއް ނޫނެވެ.

މިސާލަކަށް، ބައެއް ސަރުކާރުތަކުން އެމީހުންގެ ދަރަނި އަދާކުރުމަށް ޓެކްސް ނަގާއިރު، އެކަމުގެ އަސަރު އިޤްތިޞާދަށް ކުރެއެވެ. އަގުތައް މައްޗަށް ދެއެވެ. އަދި ދަނޑުވެރިންނަށް ދަނޑުވެރިކަން ކުރުމަކީ ފައިދާހުރި ކަމަކަށް ނުވާތީ، އެމީހުންނަށް ދަނޑުބިންތަކުގައި ގަސް އިންދުމަށް ކުޅަދާނަވެގެން ނުވެއެވެ. އެހެންކަމުން މިފަދަ ސަބަބުތަކާ ހުރެ ބަނޑުހައިހޫނުކަން އަތުވެދާނެއެވެ. ވަސީލަތްތައް މަދުވެގެނެއް ނޫނެވެ. އަދި އެމެރިކާ ފަދަ ބައެއް ޤައުމުތަކުން އަގުތަކަށް ނުފޫޒު ފޯރުވުމަށްޓަކައި ގިނައިން އުފެދޭ ދަނޑުވެރިކަމުގެ އުފެއްދުންތައް ކަނޑުތެރެއަށް އުކާލައެވެ.

މައްސަލައިގެ އަސްލަކީ އަނިޔާވެރިކަމެވެ. ރިޒުޤު ހުރެއެވެ. އެހެނަސް މީސްތަކުންގެ މެދުގައި މި ރިޒުޤާ ގުޅޭގޮތުން އަނިޔާވެރިކަމާއި، ހަނގުރާމައާއި، މެރުން ހިނގައެވެ. މިކަންކަމުގެ ސަބަބުން ރިޒުޤަށް އަސަރުކުރެއެވެ. އެހެނަސް ﷲ ވަނީ ބިން އުފައްދަވާފައި އެންމެންނަށް ފުދޭވަރަށް ރިޒުޤު ހުންނާނެ ގޮތަށެވެ. އެހެންކަމުން ކޮންމެ މީހަކުވެސް ތަޤްވާވެރިވާންވާނެއެވެ. އޭރުން ﷲ އެ މީހަކަށް އޭނާގެ ރިޒުޤު ގެނެސްދެއްވާނެއެވެ.

ނުކުތާ 4: އާބާދީ މާ ބޮޑުވެފައިވާ ކަމުގެ މި މައްސަލަ ފެށިގެން އައީ މާލްތަސްގެ ނަޒަރިއްޔާއިންނެވެ.

މާލްތަސް ކިޔާ މީހަކު މި ނަޒަރިއްޔާ ގެނައެވެ. މިއީ އިސްލާމްދީނުގެ ޢަދާވާތްތެރިން ގެނައި އެހެނިހެން ކުނި ނަޒަރިއްޔާތަކެކޭ އެއްފަދައިން ހުރި ނަޒަރިއްޔާއެކެވެ. މިސާލަކަށް ފްރޮއިޑްގެ ނަޒަރިއްޔާތަކާއި، ޑާވިންގެ ނަޒަރިއްޔާތަކާއި އެހެނިހެން ނަޒަރިއްޔާތައްފަދައިންނެވެ. އެމީހުން މި ނަޒަރިއްޔާތައް ބޭނުންކޮށްފައިވަނީ އަހަރެމެންނާއި، އަހަރެމެންގެ މުޖުތަމަޢުތަކާއި އަދި އަހަރެމެންގެ ޒުވާނުންނަށް ހަމަލާދިނުމަށެވެ. މި ނަޒަރިއްޔާތަކުގެ އަސަރު ވަނީ ގިނަ މުޖުތަމަޢުތަކަށް ކޮށްފައެވެ. ޚާއްޞަކޮށް ހުޅަނގުގެ މުޖުތަމަޢުތަކަށް ވަރަށް ބޮޑަށް އަސަރުކޮށްފައިވެއެވެ. މިއީ އެމީހުން އާބާދީއާއި ދަރިމައިވުން ކޮންޓްރޯލް ކުރަން މަސައްކަތްކުރާ ސަބަބެވެ.

އެމެރިކާގެ ކުރީގެ ޚާރިޖީ ވަޒީރު ކިސިންޖަރ ވަނީ ދުނިޔޭގެ އާބާދީ އިތުރުވަމުންދާ މިންވަރާ ގުޅޭގޮތުން ސިޔާސަތުތަކެއް އެކުލަވާލާފައެވެ. އެމީހުން އެއްބަސްވެފައިވަނީ ދުނިޔޭގެ އާބާދީ މަދުކުރުމުގެ ލަނޑުދަނޑިއަށެވެ. އޭގެ ފަހުން އެމީހުން ވިސްނަނީ އެކަން ކުރާނެ ގޮތަކާ މެދުގައެވެ. އެމީހުން އެކަން ކުރަނީ ރޭވުންތަކާއި، ސިއްރު މަކަރުވެރި ޕްލޭންތައް މެދުވެރިކޮށެވެ.

ނުކުތާ 5: އެމީހުންގެ ވަރަށް ގިނަ ވަސީލަތްތައް ހުރެއެވެ. މިސާލަކަށް ހަނގުރާމަތަކާއި، ބައެއް ޤައުމުތަކުގައި ހަމަނުޖެހުންތަކާއި އޮޅުންތައް އުފެއްދުމާއި، ބަލިމަޑުކަމާއި، ވެކްސިންތަކާއި އެހެނިހެން ވަސީލަތްތައް ހިމެނެއެވެ. 

މި ލަނޑުދަނޑި ޙާޞިލުކުރުމަށް އެމީހުންގެ ވަރަށް ގިނަ ގޮތްތައް ހުރެއެވެ. މާލްތަސްގެ ނަޒަރިއްޔާއަކީ ވަރަށް ޢާންމު ނަޒަރިއްޔާއެކެވެ. އޭނާ ވަރަށް ޢާންމުކޮށް އާބާދީ މާ ބޮޑުވެފައިވާ ކަމާ ބެހޭގޮތުން ވާހަކަދެއްކިއެވެ. އެހެނަސް މިހާރުގެ މި އާބާދީ މަދުކުރުމުގެ އެޖެންޑާއަކީ ވަކި ޚާއްޞަ އެޖެންޑާއެކެވެ. މިއީ އެމެރިކާ ފަދަ ވަކި ޤައުމުތަކެއްގެ މަޞްލަޙަތުތަކާ ގުޅޭ އެޖެންޑާއެކެވެ.

وَمَا مِن دَآبَّةٍ فِى ٱلْأَرْضِ إِلَّا عَلَى ٱللَّهِ رِزْقُهَا
މާނައީ: “އެ އެއްޗެއްގެ ރިޒުޤު ﷲގެ ޒިންމާފުޅުގައި މެނުވީ އަދި ބިމުގައި އުޅޭ އެއްވެސް ދިރޭ އެއްޗެއް ނުވެއެވެ.”

އިމާމް އައް-ސަޢްދީ (رحمه الله) ވިދާޅުވެފައިވަނީ ތައިސީރުލް ކަރީމިއް ރަޙްމާން ގައި: މާނައަކީ، ބިމުގައި އުޅޭ ހުރިހާ އެއްޗެއް، އިންސާނުންނާއި ޖަނަވާރުން، އެއްގަމުގައި އުޅޭ ތަކެއްޗާއި ކަނޑުގައި އުޅޭ ތަކެތި، މި ހުރިހާ އެއްޗެއްގެ ރިޒުޤާއި ދިރިއުޅުމުގެ ވަސީލަތްތައް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ ގެރެންޓީކޮށްދެއްވާފައެވެ.”

“ޝައިޚް ވަނީ ބަޔާންކޮށްދެއްވާފައި މިޒަމާނުގެ މާލްތަސްގެ ނަޒަރިއްޔާ ގެންގުޅޭ މީހުންނާއި، ޔޫޖެނިކްސްގެ ނަޒަރިއްޔާ ގެންގުޅޭ މީހުންނަކީ ކުރީގެ ކާފިރުންނަށްވުރެ ނުބައި ބައެއްކަމެވެ. އެއީ މި ވަކި ޚާއްޞަ ނަޒަރިއްޔާތަކަކީ ކުރީގެ އެއްވެސް އުއްމަތެއްގައި ނުވަތަ ކުރީގެ ކުފުރުގެ އިސްވެރިންގެ ތެރޭގައި ފެނިފައިނުވާ ނަޒަރިއްޔާތަކެއް ކަމަށްވާތީއެވެ.

މި ބޭކާރު އަދި ނުބައި ނަޒަރިއްޔާތަކުގެ މައްޗަށް ބިނާކޮށް، މި ކުށްވެރިން ބޭނުންވަނީ ގިނަ އަދަދެއްގެ ފިރިހެނުންނާއި، އަންހެނުންނާއި އަދި ކުޑަކުދިން ދުނިޔެއިން ނައްތާލާށެވެ. އެމީހުން އެ މީހުންނަކީ ބޭކާރު ކާބޯތަކެތި ކާ ބައެއްގެ ގޮތުގައި ދެކެއެވެ. އެމީހުން ޢަމަލުކުރަނީ އަދި ވާހަކަދައްކަނީ ބިން އެމީހުންގެ އަމިއްލަ އެއްޗެއްގެ ގޮތުގައި ދެކިގެން، އަދި އެ ބިން ބޭނުންކުރެވެމުންދަނީ އެމީހުންގެ ގެއްލުމަށް ކަމަށް ދެކިގެންނެވެ. އަދި އެމީހުން ޤަބޫލުކުރާ ގޮތުގައި އެމީހުންނަކީ ޑާވިންގެ ތަކާމުލުގެ ނަޒަރިއްޔާގައި އެންމެ މަތީ ދަރަޖައިގައި ތިބި، އަދި ބުއްދީގެ ގޮތުން އެންމެ މޮޅު ބައެއްކަމަށްވާތީ އެހެން މީހުންގެ މައްޗަށް ވެރިކަން ކުރުމުގެ ޙައްޤު އެމީހުންނަށް ލިބިގެންވެއެވެ.” ޝެއިޚް އަބޫ އިޔާޟް ލިޔުއްވާފައިވެ އެވެ. [4]

Climate Change – Shaykh Abu Iyaad Amjad Rafiq https://sau.posthaven.com/climate-change-abu-iyaad-amjad-rafiq


[1] https://x.com/ismaaeelmv/status/1905799003872354672

[2] https://x.com/ismaaeelmv/status/1909595456927342613

[3] https://x.com/ismaaeelmv/status/1906370538580414604

[4] https://abuiyaad.com/r/population-control-vaccines

[i] https://x.com/RobertKennedyJr/status/1903986030862127502