އެމެރިކާގެ ކާފަރުން ހަނދަށް ދަތުރުކުރި ވާހަކައަކީ މަކަރުވެރި ދޮގެއް

ޝެއިޚް ޑރ. އަބޫ އިޔާޟް ވިދާޅުވިއެވެ. “މީހުން (އެމެރިކާގެ ނަޞޯރާ ކާފަރުން) ބުނަނީ އެމީހުން ހަނދަށް ދިޔައޭ. އެކަމަކު އެއީ ދޮގެއް. މިއީ ސީދާ ދޮގެއް. މިހާރު މި ޒަމާނުގައި މިކަމާ ބެހޭގޮތުން 10 މިނެޓު ބަލާލާ ކޮންމެ މީހަކަށްވެސް އެނގޭނެ: މިއީ މުޅިން ދޮގެއްކަމާއި ހަދާފައިވާ އެއްޗެއްކަން. އެއްވެސް މީހަކު ހަނދަކަށް ނުދޭ. ތިބާއަކަށް ނުދެވޭނެ. ވަކި ހިސާބަކުން ފަހަނައަޅައި ތިބާއަކަށް ނުދެވޭނެ.

އެމީހުން ދުނިޔެއަށް ދެއްކީ ހަމައެކަނި ދޮގު ވީޑިއޯތަކަކާއި ދޮގު ޚަބަރުތަކެއް. އެ ދުވަސްވަރު، އެމީހުން ހީނުކުރޭ ޓެކްނޮލޮޖީ މިހާ އަވަހަށް ކުރިއަރާނެ ކަމަކަށް. އެމީހުން ހީކުރީ އެމީހުން ކުރަނީ ވަރަށް މޮޅު ކަމެއް ކަމަށް. ފަހަރެއްގައި އެމީހުންގެ އަތުގައި އާދައިގެ ވީޑިއޯ އުނިއިތުރު ކުރެވޭ ސޮފްޓްވެއަރތަކެއް، ފޮޓޯޝޮޕްގެ ދެރަ ވައްތަރެއް ހުރެދާނެ، އަދި އެއްވެސް މީހަކަށް މިކަން ހާމަނުކުރެވޭނެ ކަމަށް ހީކޮށްފައި އޮތީ.

އެކަމަކު މިހާރު؟ އެމީހުންގެ މަކަރު ވަރަށް ދެރަ، ވަރަށް ފާޅުކަން ބޮޑު، ލަދުގަންނަންޖެހޭ ވަރުގެ. މިއަދު އަހަރެމެންނަށް އެނގޭ އަދި ފެންނަ އެއްޗެހްޔާ އަޅާބަލާއިރު، އެ ވީޑިއޯތައް ވަނީ ހައިރާންވާ ވަރަށް ދެރަ. ތިބާ އެ ބަލާލާއިރު އެއީ ހިނިއަންނަ ވަރުގެ ދޮގެއްކަން އެނގޭ.

ނޫން، އެމީހުން ހަނދަކަށް ނުދޭ.

ޙަޤީޤަތުގައި، އެމީހުންނަކަށް ބިމާ ކައިރި މަދާރުން އެއްކިބާވެ ދުރަކަށް ނުދެވޭ.

މިއީ ހަމައެކަނި އަހަރެމެންގެ ބަހެއް ނޫން. ނާސާއިން އަމިއްލައަށް ބުނޭ: ‘އަހަރެމެންނަށް ބިމާ ކައިރި މަދާރުން އެއްކިބާވެ ދުރަށް ދިއުމުގައި ވަރަށް ބޮޑު މައްސަލައެއް ދިމާވަމުންދޭ.’ ވަކި ހިސާބެއް އެބައޮތް، ގާތްގަނޑަކަށް ބިމުން މައްޗަށް 70 އިން 200 މޭލު ދޭތެރޭގައި، އޭގެ ފަހުން އެމީހުންނަށް ދިމާވަނީ ފެންފަދަ ދިޔާ އެއްޗެއްގެ ވެށްޓެއް ކަހަލަ އެއްޗެއް، ފަސޭހައިން ފަހަނައަޅައި ނުދެވޭ ބާވަތެއްގެ ހުރަހެއް.

ތިބާއަށް ޓެސްލާ ނުވަތަ ރިޗަރޑް ބްރޭންސަންގެ ވާރޖިން ކުންފުނީގެ ދަތުރުތަކުގެ ވީޑިއޯތައްވެސް ބަލައިލެވިދާނެ. ތިބާއަށް ފެންނަނީ ކޯއްޗެއް؟ ރާޅުތައް. ތިބާއަށް ފެންނާނެ އަސްލު ރާޅުތައް، ފެނުގެ ރާޅުތަކެއް ފަދައިން، މި އުޅަނދުތައް 

ހިސާބުން އެއްކިބާވެ ދުރަށް ދާން މަސައްކަތްކުރާއިރު. އެމީހުން އެތަނާ ޖެހި، އަނބުރާ އަންނަނީ، އަލުން މަސައްކަތްކުރަނީ. އެއީ ފެނުގެ ފާރަކުން ވަދެވޭތޯ މަސައްކަތްކުރާ ފަދައިން. އަދި އެމީހުންނަށް އެތަނުން ފަހަނައަޅައި ދެވުނު ކަމުގައިވިޔަސް، އޭގެ އަނެއްފަރާތުގައި އޮތް ތަނެއްގައި އެމީހުން ދިރިހުރެ ނުވަތަ ދަތުރުކުރާނީ ކިހިނެއްތޯ؟ އެމީހުންނަކަށް އަދި އެކަމެއް ނޭނގޭ.

އެހެންވީމާ ނޫން، އެމީހުން ‘މާސްއަށް ގޮސްފައެއް ނުވޭ’ ނުވަތަ ‘ޖުޕިޓާއަށް އާލާތްތަކެއް ފޮނުވާފައެއް’ ނުވޭ އަދި އެފަދަ އެހެން ކަންތައްތަކެއްވެސް ކޮށްފައެއް ނުވޭ. މިއީ ހަމައެކަނި ވާހަކަތަކެއް. އަހަރެމެން މިބުނަނީ މިފަދަ ކަންތައްތައް މުޅިން ނުކުރެވޭނެ ކަމަކަށް ނޫން – މޮޅަށް ދެނެވޮޑިގެންވަނީ ﷲ. އެކަމަކު އެމީހުން މިހާރު އަހަރެމެންނަށް ބުނަމުންދާ އެއްޗަކީ ތެދެއް ނޫން. އެ އެއްވެސް ކަމެއް ހާސިލުކުރެވިފައެއް ނުވޭ.

މިއީ އެއްކޮށް ބޮޑު މަކަރެއްގެ ބައެއް، އިންސާނާ އަމިއްލައަށް އިލާހަކަށްވާން އުޅުމުގެ ހީވަހުމު، ހުރިހާ އެއްޗެއް ކޮންޓްރޯލްކުރެވޭނެ ކަމަށް ހީކުރުން، އަދި މީސްތަކުންނަށް އޮޅުވާލުން.”

މިހެން ވުމުން ކާފަރުން މުސްލިމުން ލޮލުގަ އަޅުވާހާ އަނދުނަކަށް ހެއްލިގެން ނުދިޔުމަށް އަޅުގަނޑު މުސްލިމުންނަށް ވަޞިއްޔަތް ކުރަމެވެ. ކޯވިޑޭ ކިޔައި ކާފަރު މުލްހިދު ޑޮކްޓަރުން ދެއްކީ ހަމަ މިފަދަ ފޭކު ތާކުންތާކު ނުޖެހޭ ޚުރާފީ ކަނޑުކޮސް ވާހަކަތަކެވެ. ކޯވިޑަކީ ވެކްސިން ވިޔަފާރީގެ މަސްލަހަތު އޮތް ކާފަރުން ހަދާފައިވާ ދޮގު މަކަރެއް

Scroll to Top